Thursday, July 18, 2013

މާބައިދޫ ހުކުރު މިސްކިތުގެ ދަށުގައި މިނިކަށި ހުރިކަން އެނގިގެން މިއަދު އަސުރު ނަމާދަށްފަހު މިސްކިތް ބަނދުކޮށްފި

މާބައިދޫ ހުކުރުމިސްކިތް ކޮނެ ޤަބުރު ހުރިތޯ ބަލަނީ - ފޮޓޯ: ފަޒީލް މާބައިދޫ
މާބައިދޫ ހުކުރު މިސްކިތުގެ ދަށުގައި މިނިކަށި ހުރިކަން އެނގިގެން މިއަދު އަސުރު ނަމާދަށްފަހު މިސްކިތް ބަނދުކޮށް ކުރީގެ އިޖްތިމާޢީ މަރުކަޒުގައި މިރޭގެ މަޣްރިބް ނަމާދުން ފެށިގެން ނަމާދުކުރަން ފަށައިފިއެވެ.

މާބައިދޫ ހުކުރު މިސްކިތް، މަސްޖިދުލް ޣުފްރާންގެ ދަށުގައި ގަބުރު ހުރިކަން އެނގިގެން އެރަށު ރައްޔިތުން ނުކުމެ، މިސްކިތް ކޮނެގެން ބެލިއިރު މިނިކަށި ފެނިފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިނިކަށި ނުވަތަ ގަބުރު ހުރިކަން ޔަޤީންކޮށް އެ މިސްކިތްވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.

No comments:

Post a Comment

 
Top