Friday, October 18, 2013

ތިރީސް އަހަރުގެ ނުފޫޒުން ސަލާމަތްކޮށްދޭނެ ޕާޓީއަކީ އެމްޑީޕީ- ތަސްމީން

ތިރީސް އަހަރުގެ ނުފޫޒުން ސަލާމަތްކޮށްދޭނެ ޕާޓީއަކީ އެމްޑީޕީ- ތަސްމީން
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގަތްޔޫމްގެ “30 އަހަރުގެ ނުފޫޒުން” ދިވެހި ރާއްޖެ ސަލާމަތް ކޮށްދޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށް ޑީއާރުޕީގެ ލީޑަރ އަދި 2008 ވަނަ އަހަރު ރައީސް މައުމޫނުގެ ރަނިންމޭޓަކަށް ނުކުމެވަޑައިގެންނެވި އަޙްމަދު ތަސްމީން އަލީ މިރޭ ވިދާޅުވެއްޖެއެވެ.

Tuesday, October 15, 2013

ނޮވެމްބަރު 11ގައި ވެރިކަން ބަދަލުވުން މުހިއްމު: އޮސްޓްރޭލިއާ

މިނިވަން، އިންސާފުވެރި އަދި ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ އިންތިޚާބެއް ބާއްވައި، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ
ފަދައިން ނޮވެމްބަރު 11ގައި އާ ރައީސަކާ ވެރިކަން ހަވާލުކުރުމަކީ މުހިއްމު ކަމެއް ކަމަށް އޮސްޓްރޭލިއާ އިން މިއަދު ބުނެފި އެވެ.

ބަލަންޖެހޭނީ ޝައްކުކުރެވޭ ފިންގަޕްރިންޓްތައް އެކަނި: ޔާމީން

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލާން އަލުން ރަޖިސްޓްރީކޮށް، ހުށަހަޅާ ފޯމްތަކުގެ ތެރެއިން ބަލަންޖެހޭނީ ޝައްކު ކުރެވޭ ފޯމްތައް އެކަނި ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ބުރުގާ އަޅައިގެން ނުކުޅެވޭ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް: ހާފިޒް

 ޗައިނާގައި މިދިޔަ މަހު އޮތް އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ 18 އަހަރުން ދަށުގެ އަންހެން ބާސްކެޓްބޯޅަ ޓީމު ބައިވެރިނުވީ ބުރުގާ އަޅައިގެން ނުކުޅެވޭނެތީ ކަމަށާއި އެ މައްސަލަ އަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް އަހުމަދު ހާފިޒް ވިދާޅުވެއްޖެ އެވެ.
 
Top