Thursday, July 18, 2013

މާރާމާރީއާ ދެކޮޅަށް ގަމުގައި އަޑު އުފުލަން ޒުވާނުންތަކެއް ތެދުވެއްޖެ

ލ. ގަމުގައި މާރާމާރީ އާއި ވައްކަމުގެ އަމަލުތަކާ ހުއްޓުވަން ކުރެވެން ހުރި މަސައްކަތްތައް ކުރަން ގަމުގެ ޒުވާނުންތަކެއް އިސް ނަގައި ހާއްސަ ހަރަކާތްތަކެއް ހިނގަން ތައްޔާރުވެއްޖެ އެވެ.

ހަރަކާތްތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނެއް ކަމަށްވާ މުހައްމަދު ވިޝާމް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ފަސްގަނޑުގައި ބޮޑެތި މާރާމާރީ ހިންގުން ގިނަ ކަމުން ރަށުގެ ނަން ކިލަނބުވެފައިވާ ކަމަށާއި ރަށަށް ޒިޔާރަތް ކުރަން ބޭނުންވާ މީހުން ގަމަށް ދާން މިހާރު ޖެހިލުންވާ ކަމަށެވެ.

"ގަމަކީ މިހާރު ޓޫރިސްޓުން ވެސް އަންނަ ރަށެއް، ގަމުގައި މަންދު ކޮލެޖް، ޤައުމީ ޔުނިވާސިޓީގެ ކޮލެޖްތައް ފަދަ ކޮލެޖްތައް ހުރުމުން ކިޔަވަންވެސް ކުދިން އަންނަން ބޭނުންވާ ރަށެއް، ނަމަވެސް ކަންކަން މިހެން ހުރުމުން މިރަށަށް މީހުން ޒިޔާރަތް ކުރަން ޖެހިލުންވޭ،" ހަމަދު އިން ކްލައިން ޔޫތް އެސޯސިއޭޝަން (ހިޔަ) ގެ ރައީސް ކަން ވެސް ކުރާ ވިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަމުގެ ޒުވާނުން އިސް ނަގައިގެން ފަށާ ހަރަކާތް ކުރިއަށްދާނީ ފުލުހުންނާއި ކައުންސިލާއި ޖަމިއްޔާތަކެއް ގުޅިގެން ކަމަށާއި އޭގެ ތެރޭގައި ހަތް ޖަމްޢިއްޔާއެއް ބައިވެރިވާނެ ކަމަށާއި މި ހަރަކާތްތަކުގައި ބޮޑުހިނގާލުމެއްގައި އަޑު އުފުލުމާއި ލޮރީ ބުރެއް ބޭއްވުން ހިމެނެ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މާރާމާރީ ފަދަ އަމަލްތަކާ ދެކޮޅަށް ގަމުގައި ގިނަ ޒުވާނުންތަކެއް، ގިނަ ބައެއް އެބަ ތިބިކަން ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާމަކޮށްދޭން، ގަމަކީ އަމާންތަނަކަށް ހަދަން،" ވިޝާމް ވިދާޅުވި އެވެ.

ގަމުގައި މާރާމާރީ ހިންގުން މި ފަހަކަށް އައިސް އިތުރުވެފައިވާއިރު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރުވެސް ވަނީ ޒުވާނަކަށް ނުރައްކާތެރި ހަމަލާއެއްދީ މަރާލާފަ އެވެ.

No comments:

Post a Comment

 
Top